އިލެކްޝަންސް ކޮމިޝަން(އީސީ)ގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމު ހުސްވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފިއެވެ.

އެ ކޮމިޝަނުގެ މެމްބަރު ކަމަށް ހުޅުވައިލައިފައި މި ވަނީ، އީސީގެ މެންބަރު އަދި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ ފަސް އަހަރުގެ ދައުރު ހަމަވާތީއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް ދެވަނަ ދައުރަކަށް އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ މާޗް 13، 2019 ގައެވެ.

ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ފޯމް ބަލައިގަންނާނީ މިމަހުގެ 29 އަދި 30 ވަނަ ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.