ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާ އަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅުގެ ނަތީޖާ ފެންނަން މި ފެށީ އެހައިމެ އަވަސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ ހޮންގްކޮންގް އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް މިއަދު ފެށުމާއި ގުޅިގެންނެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި، ރައީސް މުޢިއްޒު އަށް ސާބަސް ދެންނެވިއެވެ.
އެގޮތުން މިރޭ 07:35 ގައި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެއެވެ.
ހޮންގްކޮންގް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ އެއާބަސް އޭ 330 މަރުކާގެ ބޯޓުގައެވެ. މި ބޯޓުތަކުން ފަހަރަކު 250 އެއްހާ ފަސެންޖަރުން އުފުލާނެއެވެ. ހޮންކޮންގް އެއާލައިނުން ހަފްތާއަކު ތިން ދަތުރު ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސްގެ ޗައިނާ ދަތުރުފުޅުގައި މުހިންމު 20 އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.

މިހާރު ނިހާދަށް ގަބޫލުކުރެވޭދޯ ޑރ.މުއިއްޒު އިތުރުފުޅު ނުހައްދަވާކަން އެމްޑީޕީގަ ހިރެގެން އެތިވަރުގޮވިއިރު އެކަން ގަބޫލުނުކުރެވުނީކީއްވެ.