މާލޭ ”ބިންވެރީންގެ ސައްލާ“ މިރޭ ބާއްވަން ނިންމައިފިއެވެ.
ހަތަރު ޖަމުޢިއްޔާއަކުން މިރޭ ބިންވެރިންގެ ސައްލާ ބާއްވަނީ ކުރީ ސަރުކާރުން، މާލެ ސަރަހައްދުން ބިން ދިން މީހުންނަށް އަމާޒުކޮށެވެ.
މި ސައްލާ ބާއްވާ ހަތަރު ޖަމުޢިއްޔާ އަކީ ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން އާއި މާލެ ރަށްވެހީންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމެޓީއެވެ.
Thank you,Excellency @MMuizzu for time. We are grateful for your generosity on sharing ur time for our conserns to be heard and understood. Thank you @SunaLatheef for representing all of us. https://t.co/88R3k59tp5
— Rifga Ibrahim (@RifuLara) January 19, 2024
ބިންވެރިންގެ ސައްލާ މިރޭ ބާއްވަން ނިންމި އިރު، އެ އިވެންޓާ ބެހޭ މަޢުލޫމާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި ހިއްސާކޮށްފައިވެއެވެ. މިރޭގެ ސައްލާގައި އެމަނިކުފާނުގެ ޚާއްޞަ މެސެޖެއް ވެސް އިއްވާނެއެވެ.
މި އިވެންޓް އޮންނާނީ ސަލްޓަން ޕާކު އޯޕަން ސްޓޭޖްގައި ރޭގަނޑު 8:00 ގައެވެ.
