ގއ. ވިލިނގިލިން ޙާލު ސީރިއަސްވެގެން މާލެ ގެނެސް ފަރުވާ ދެމުންދަނިކޮށް މިއަދު ނިޔާވި ކުއްޖާ ނިޔާވި މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިނގިލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ސައުދު ޙުސެއިން ވިދާޅުވެއްޖެއެވެ.

Ads by Asuru
އިތުރު ފަރުވާއަށް މި މަހުގެ ވިލިނގިލިން ގެނައި ކުއްޖާ ނިޔާ ވުމާއި ގުޅިގެން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، އެ ދާއިރާގެ މެމްބަރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅިވީ އިންޑިޔާ އައުޓްގެ ނަމުގައި ޤައުމުގައި ހިންގި ދޮގާއި އޮލުވާލުމުގެ ޝިކާރަޔަކަށް ދިވެހި ރައްޔިތުން ވަމުންދާތަން ފެންނަމުން ދާކަމަށެވެ.
ދިވެހި ރައްޔިތުންނަށް ކޮންމެ ފަދަ ނިކަމެތި ޙާލަތެއް ދިމާވިޔަސް ވަރިހަމަ ކޮއްފަވާ އަދި ރައްޔިތުންނަށް އިހުމާލު ވަމުންދާކަން ފާހަގަވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސައުދުގެ އެކްސް ޕޯސްޓުގައި އިތުރަށް ވިދާޅުވީ މިއީ ދޫކޮއްލައިގެން ތިބެވޭވަރަށްވުރެ ސިރިއަސް މައްސަލައެއް ކަމަށެވެ. އަދި ގައުމުގައި ލިބެންހުރި ވަސީލަތެެއް ބޭނުންނުކޮށް ވިލިނގިލީގެ ޒުވާން ދަރިއަކު އަވަސް ފަރުވާއަށް މާލެ ނުގެނެވި ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ހަދިސާތަށް ތަކުރާރު ވިޔަ ނުދިނުމަށް މި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ހުށަހަޅާނެކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ގއ. ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އެމަޖެންސީކޮށް، ވައިގެ މަގުން މާލެ ގެނައި ކުއްޖާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް އިއްޔެ ވަގުތެއްގައެވެ. އެކަން ހިނގައިދިޔަ ގޮތް ބަޔާންކޮށްދީ، އާސަންދައިން ރޭގެ ވަގުތެއްގައި ބަޔާނެއް ވެސް ނެރުނެވެ.

ނިޔާވި ކުއްޖާ އަވަހަށް މާލެ ގެންނަން އެދުނީ ފަތިހު، 12 މިނެޓު ތެރޭގައި ބަލައި އެޕްރޫވް ކުރިން: އާސަންދަ

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، އުމުރުން 13 އަހަރުގެ ޖާހުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުޞީލީ މަޢުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހައި އިދާރާތަކަށް އަންގަވައިފައެވެ.

އަދި، ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސް މުޢިއްޒު ވަނީ އިއްޔެ އެދިވަޑައިގެންފައެވެ.