ރ. އުނގޫފާރުގައި އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން ލާނިން ސެންޓަރެއް ހުޅުވައިފިއެވެ.

އެ ސެންޓަރު ހުޅުވައި ދެއްވީ އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ. އުނގޫފާރު ލާނިން ސެންޓަރު ހުޅުވީ މިހާރު އެމްއެންޔޫގެ ދަށުގައި އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ.

އެއީ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ބިނާކުރި ތަނެކެވެ.

އުނގޫފާރު އިސްލާމީ މަރުކަޒުގައި މި މަހުގެ ތެރޭގައި ކޯސްތަކެއް ފަށަން އެމްއެންޔޫ އިން ވަނީ ނިންމައިފައެވެ. އެތަނުގައި ފަސް ކޯހެއް ފެށުމަށް އަންނަނީ ތައްޔާރީތައް ވަމުންނެވެ.