ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރުމަށް އެދުނު އެންމެންނަށް އެ ފުރުޞަތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީީސް މުޢިއްޒުގެ މި ނިންމެވުން، އެކްސްގައި ހާމަކުރެއްވީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް ޢަބްދުﷲއެވެ.

ރައީސް މިފަދަ ނިންމެވުމެއް ނިންމެވިއިރު، ކެންޑިޑެސީ ބާތިލުކުރި މައްސަލައިގައި ރޭ ޕީއެންސީގެ އޮފީސް ތެރޭގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ފޯމު ހުށަހެޅިއެވެ.

ދެ ފަހަރެއްގެ މަތިން ޕްރައިމަރީ ލަސްކުރިއިރު، މިހާރު އެ އިންތިޚާބު ބާއްވަން ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ.