ައަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއިއެކު ހުޅުމާލޭގައި ސްކޫލެއް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
އަދި އަލް މަދީނާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޢަލީ އަޙްސަންއެވެ.

މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްޤީ ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި މިސްކިތް ތަރައްޤީ ކުރެވިގެންދާނީ، ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށެވެ.
އަދި މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވައި ދެވޭނެއެވެ. އަދި އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ފަހުން މަތީ ތަޢުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްޤީ ކުރެވިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތަޢުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމެވެ.
އަދި މީގެ އިތުރުން މި ސްކޫލުގައި ފުދުންތެރިކަން ދަށް ކުދިންނަށާއި ޚާއްޞަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ޢިސްލާމީ ވަކި ސުކޫލެއް. ޢިސްލާމީ ވަކި ބޭންކެއް. ޢެކަމަކު އިސްލާމިކް ގައުމެއް.