ބައެއް މަސައްކަތްތައް ކުރުމަށް ކަޅުވަކަރު މިސްކިތާއި، މިސްކިތު ޕާކު ސަރަހައްދު މާދަމާ ބަންދުކުރަން ނިންމާފައިވާ ކަމަށް ނެޝަނަލް ސެންޓަރ ފޮރ ކަލްޗަރ ހެރިޓޭޖުން މިއަދު ބުނެފިއެވެ.
އެ އިދާރާ އިން މިއަދު އާއްމުކުރި އިޢުލާނެއްގައި މިކަން ހާމަކޮށް ބުނީ މަސައްކަތް ނިންމުމަށްފަހު އަންނަ މަހުގެ ތެރޭގައި ކަޅުވަކަރު މިސްކިތާއި ޕާކު ސަރަހައްދު އާންމުންނަށް ހުޅުވައިލާނެ ކަމަށެވެ.
ނަމަވެސް އެ ސަރަހައްދުގައި ކުރަނީ ކޮން މަސައްކަތެއްކަން ހާމައެއް ނުކުރެއެވެ.
ކަޅުވަކަރު މިސްކިތަކީ ގާތްގަނޑަކަށް 200 އަހަރުގެ ދިގު ތާރީޚެއް އޮތް މިސްކިތެކެވެ. އެ މިސްކިތް ވަނީ އެކި ސަރުކާރުތަކުގައި އެކި ތަންތަނަށް ގެންގޮސްފައެވެ.
