ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ އެމްޑީއަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަނީ ދޮގު ވާހަތަކެއް ކަމުގައި އޭނާ ވިދާޅުވެެއްޖެއެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފަޒުލްގެ މުސާރަ އަކީ 186،000ރ.އެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ފަޒުލް އެޗްޑީސީގެ އެމްޑީކަމަށް އައްޔަން ކޮށްފައިވަނީ ވަޒީރުން ފެންވަރުގައެވެ.
މުސާރައާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، ފަޒުލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ މުސާރައާ ބެހޭ ގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފެތުރުމުގެ ބަދަލުގައި ޕްރައިވެޓައިޒޭޝަން ބޯޑު ޕީސީބީ) އިން މަޢުލޫމާތު ސާފުކުރި ނަމަ ރަނގަޅުވީސް ކަމަށެވެ.
”އެޗްޑީސީގެ މަސައްކަތް ހަރުދަނާ ކުރުމަށް އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ކުރާ މަސަައްކަތް ހަލުވި ދުވެލީގައި ކުރިއަށް ދާނެ.“ ފަޒުލް ވިދާޅުވިއެވެ.
އެޗްޑީސީގެ އެމްޑީއަކަށް ފަޒުލް އައްޔަން އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރުގެ ގޮތުގައެވެ.
