މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް އުޅޭ މީހެކެވެ.
އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
