ބ.މާޅޮހުގައި ފުލުހުންގެ ޕޯސްޓެއް ޤާއިމު ކޮށްފިއެވެ.
މާޅޮޮހުގައި ޕޯސްޓު ހުޅުވުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްވެރިންނާއި ސަރުކާރުގެ އިސް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މުއައްސަސާއިން ހިއްސާކޮށްފައިވާގޮތުން އެ ހުރިހާ އެންމެން އިވެންޓުގައި ބައިވެރިވެވަޑައިގަތުމަކީ ރާއްޖޭގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ކޮމިޓްމެންޓް ދީފައިވާ މިންވަރު ރަމްޒުކޮށްދޭކަމަށެވެ.
ފުލުހުންގެ މުއައްސަސާއިންވަނީ ދާދި ފަހުން މި ފަދަ ޕޮލިސް ޕޯސްޓުތައް އެހެނިހެން ބައެއް ރަށްތަކުގައި ވެސް ހުޅުވައި ހިދުމަތްތައް ފަށާފައެވެ.
އެގޮތުން ހެނބަދޫ އަދި ޅޮހީގައިވެސް ޕޮލިސް ޕޯސްޓު ގާއިމުކޮށްފައިވާކަން ފާހަގަކުރެވެއެވެ.