ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by Asuru

ވަޒީރުންނަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މިހާރު ކުރިއަށްދާ ވޯޓުގައި ބަންޑާރަ ނައިބު އަޙުމަދު އުޝާމަށް ރުހުން ދިނުމަށް ފާހެއް ނުވިއެވެ. އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވިއެވެ. އުޝާމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވެ ރުހުން ނުލިބުނެވެ. ޝަހީމަށް ރުހުން ނުދޭން ފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވިއެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އަށް މެމްބަރުން ތިއްބެވިއެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށް ވެސް ފާސްކުރިއެވެ. އޭނާ އަށް ރުހުން ނުދޭން މަޖިލިހުން ފާސްވީ 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ހައިދަރަށް ރުހުން ދޭން ފެނުނީ 24 މެމްބަރުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި 22 ‏ވަޒީރުން ތިއްބަވާއިރު، މަޖިލީހުން ވަނީ ދެން ތިއްބެވި 18 ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.

 

 

 

 

 

 

 

މަޖިލިހުން ފާސްކޮށްފި. އޭނާ އަށް ރުހުން ނުދޭން މަޖިލިހުން ފާސްވީ 46 މެމްބަރުންގެ އަޣުލަބިއްޔަތުން. ހައިދަރަށް ރުހުން ދޭން ފެނުނީ 24 މެމްބަރުންނަށް.