ހުޅުމާލޭގެ ފުރަތަމަ ފިޔަވާހީގެ ސޯޝަލް ހައުސިންގ ޔުނިޓް ތަކުގެ ކުލީގެ އަދަދުން ކޮންމެ މަހަކުވެސް %20 ޑިސްކައުންޓެއް ދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން( އެޗްޑީސީ)އިން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ މި ޑިސްކައުންޓް ދޭނީ 01 ފެބްރުއަރީ 2024 އިން ފެށިގެން، އިންސްޓޯލްމަންޓްގެ ގޮތުގައި (މެއިންޓަނަންސް ނުވަތަ މެނޭޖްމެންޓް ފީ ނުހިމަނައި) ދައްކަންޖެހޭ ކަމަށް ކަނޑައެޅިފައިވާ އަދަދުން، %20 އުނިވާގޮތަށް ކަމަށެވެ.
އެޗްޑީސީން އިތުރަށް ބުނީ، އެ ކޯޕަރޭޝަންއަކީ އަބަދުވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.
އަދި އިންސްޓޯލްމަންޓް ފީ އިން ދެވޭ ޑިސްކައުންޓާއި ގުޅޭގޮތުން ގުޅޭގޮތުން އިތުރު މައުލޫމާތެއް ބޭނުންވާ ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ލިބޭނެ ކަމަށެވެ.
ފޭސް އެކެއްގެ ފުލެޓް ތަކުގެ ކުލި ކުޑަކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.