އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ރީ-ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Asuru

ރީ-ރަޖިސްޓްރީ ވުމުގެ މުއްދަތު މިއަދު ހެނދުނު 8:30 އިން ފެށިގެން މިމަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ހުޅުވާލައިފައެވެ.

އީސީން ބުނީ ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދިފައިވާ ފަރާތްތައް އެކަނި ކަމަށެވެ.

އަދި ރިސޯޓު، ސިނާއި، ރާއްޖޭންބޭރު އަދި ޖަލުތަކުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް، އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ބުނެއެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓް ކުރާނީ އެކަމަށް ހާއްސަ ފޯމެއް ފުރައިގެންނެވެ. އޮންލައިންކޮށް ނޫންނަމަ ރަށްރަށުގެ ކައުންސިލް އިދާރާތައް މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.

މި އިންތިހާބުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މައުލޫމާތު މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން 1414 އަށް މެސެޖުކޮށްގެން ވެސް މައުލޫމާތު ހޯދޭނެއެވެ.

މާޗް 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް އީސީން މިހާރު ވަނީ ހުޅުވާލައިފައެވެ.