ރާއްޖެއަށް އެތެރެ ކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް އެތަކެތި އެތެރެ ކުރާ މީހުންނަށް އަންގައިފިއެވެ.

Ads by Asuru

އެމްއެފްޑީއޭ އިން މިއަދު ބުނީ ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައި ބަޔާންކުރާ ’ކަނޑައެޅިފައިވާ އުފެއްދުންތައް‘ ދިވެހިރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ދެމުންދަނީ އެ އޮތޯރިޓީގެ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށްފަހު ކަމަށެވެ.

އގޮތުން 2015 ވަނަ އަހަރުން ފެށިގެން މި ޤަވާޢިދުގައި ބަޔާންކޮށްފައިވާ ”ކަނޑައެޅިފައިވާ އުފެއްދުންތައް“ ރަޖިސްޓަރީ ކުރަމުން ދިޔަ ނަމަވެސް، މިހާރަކަށް އައިސް މިފަދަ ތަކެތި އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް އިމްޕޯޓު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

އެހެންކަމުން ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް އިމްޕޯޓަރުންނަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މިގޮތުން މި އުފެއްދުންތައް އެތެރެކުރާ ފަރާތްތަކުން 31 ޖުލައި 2024 ގެ ފަހުން އެމް.އެފް.ޑީ.އޭގައި ރަޖިސްޓަރީ ކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.