ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކަށް އަވަށްޓެރި އިންޑިއާގެ ކަނޑުގެ ސިފައިން އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯ އާއްމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑިއޯ، އެކި ފަރާާތްތަކުން މިހާރު ދަނީ ހިއްސާ ކުރަމުންނެވެ.
އިންޑިއާ ކަނޑުގެ ސިފައިން ރާއްޖޭގެ ތިން މަސް ދޯންޏަކަށް އެރީ ބުދަ ދުވަހުއެވެ. އެއީ އުތުރުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏެވެ.
އދ. މަހިބަދޫ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިންގެ މަނަވަރެއް ކައިރިކޮށް އެ ދޯންނަށް ސިފައިންގެ ބަޔަކު އަރާފައިވާ އާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ވެސް ގެނައީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ.
އެ ޔޫނިއަން އިން ބުނީ އުތުރުގައި މަސްވެރިކަން ކުރަމުން އައި ތިން ދޯންޏަކަށް އިންޑިއާގެ ދެ ކޯސްޓްގާޑެއް ކައިރިކޮށް ސިފައިން އަރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި ދޯނި ފަހަރަށް ސިފައިން އެރިއިރު އެ މީހުންގެ އަތުގައި ހަތިޔާރު ވެސް ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އިންޑިއާ ސިފައިން އެރީ އަސުރުމާ-ތިނެއް، ނިރު-ހަތެއް އަދި މާހޯރަ-ތިނަކަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހަށްދަށް ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އިންޑިއާގެ ކަނޑުގެ ދެ މަނަވަރެއް ވަދެ، ރާއްޖޭގެ ތިން މަސްދޯންޏެއް ބަލައި ފާސްކުރި މައްސަލަ ބަލަމުންދާ ކަމަށް ޤައުމީ ދިފާޢީ ބާރުން ކުރިން ހާމަކުރިއެވެ.
އެ މީހުން ދޯނިތަކަށް އެރުމުން، މަސްދޯނި ފަހަރުގައި ތިބި މަސްވެރިން ނެގި ފޮޓޯއާ ވީޑިއޯތަށް މަސްވެރިންނަށް ބިރުދައްކައިގެން އިންޑިއާ ސިފައިން ޑިލީޓް ވެސް ކުރުވިއެވެ.
Budha dhuvahu Raajje kanduge sarahahdhu gai masverikan kuramun dhiya Asurumaa-3, Niru-7 adhi Maahora-3 dhoani India Navy in arai harakaaiytherivi video social media gai aanmu vehjje.
Ithuru mauloomaathu: https://t.co/DdOXWK7gUf pic.twitter.com/Y1qfkvGTmP
— #MvCrisis (@MvCrisis) February 2, 2024
މި މައްސަލައިގައި ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާާމް ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ.
ބިރުދައްކަނީ. ފާޑު ފާޑަށް ބިރެއް ނުދެއްކޭނެ. ޔޫ.އެން އަށް މައްސަލަ ހުށައަޅާ.