ވިލިމާލޭގައި މޫދަށް އެރޭން އޮންނަ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އެ ސަރަހައްދަށް މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް އުފާވެރި ޚަބަރެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް އޮފީހުން ފެށި ”ރައީސްގެ ޖަވާބު“ ގައި ވިލިމާލޭ މޫދަށް އެރޭ ސަރަހައްދަށް ގެންނަން ފެންނަ ބައެއް ބަދަލުތަކާއި ގުޅޭގޮތުން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ވެރިރަށް މާލޭގެ ސަރަހައްދުގައި މޫދަށް އެރޭ މާ ގިނަ ސަރަހައްދެއް ނެތް ކަމަށެވެ. އަދި ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ވެގެން ދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރައީސްގެ ޖަވާބު
2 ފެބުރުވަރީ 2024ނ.ކުޑަފަރީ، ލަކީކޯނަރ، ޒޫނާ ނަސީމް، ވިލިމާލޭ މޫދަށް އެރޭ ސަރަޙައްދަށް ގެންނަން ފެންނަ ބައެއް ބަދަލުތަކާމެދު ކުރެއްވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/OOe1xDiPYZ
— Government of Maldives (@governmentmv) February 2, 2024
”އިރާދަކުރެއްވިއްޔާ މި ސަރުކާރުން ޒޫނާގެ ތި ރިކުއެސްޓް އަދި ވަރަށް ގިނަ މީހުންނަށް އޭގެ ފައިދާ ވާނެ ކަމެއް ކަމުގައިވާތީވެ، އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަމެއް ވީމަ ޒޫނާ ތި ރިކުއެސްޓް ކުރި ގޮތަށް އެކަން ހަމަޖެހިގެންދާނެ،“. ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އޮންނަ އުސޫލުގެ ތެރެއިން، ދިވެހިންނަށް ތަމްރީނު ދިނުން ފަދަ ކަންކަމަށް ބޭނުންވާ ފުރުސަތުތައްވެސް މާލެ ސަރަހައްދުގައި އެކަމަށް ޖާގަ އޮތް އެހެން ދިމަދިމާލުގައިވެސް ހަމަޖައްސާދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.