ބޭނުންވާ ތަކެތި:
125ގ ބަޓާރ
50ގ ހަކުރު
195ގ ފުއް
2/1 2 ސައިސަމުސާ ބޭކިންގ ޕައުޑަރ
150ގ މައިލޯ ނުވަތަ 1 4/1 ޖޯޑު މައިލޯ
1-2 ސައިސަމުސާ ކޮކޯ ޕައުޑާރ
3 ބިސް
120މލ މިލްކް
ތައްޔާރުކުރާނެ ގޮތް:
މިކްސްޗަރުގައި ބަޓާ ކޮޅާއި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ. ފަހަރަކު ބިހެއް އަޅާ އެއްކޮށްލާށެވެ. ދެން ފުއް، ބޭކިންގ ޕައުޑާރ އަދި މައިލޯ ކޮޅު މަދު މަދުން އަޅަމުން ސްޕީޑް މަޑުކޮށް މިސްޗަރުން ގިރާ ރަނގަޅަށް އެއްކޮށްލުމަށްފަހު މިލްކް އަޅައިގެން ގިރާލާށެވެ. އެއަށްފަހު އަވަނަށްލާ 40-45 މިނެޓްވަންދެން ފިހެލާށެވެ.
ފިހެވުމުން އަވަނުން ނަގާ 10 ވަރަކަށް މިނެޓް ވަންދެން ހިހޫ ކޮށްލަން ބެހެއްޓުމަށްފަހު ފްރިޖަށްލާ ފިނިކޮށްލުމުން މައިލޯ ކޭކް ތައްޔާރުވެފައެވެ.