އެމްއެންޕީގެ ލީޑަރު މުޙައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
ނާޒިމް މިހާރު ހުންނެނީ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރުގެ ގޮތުގައެވެ.
ނިމުނު ރިޔާސީ އިންތިޚާބުގައިވެސް އެމްއެންޕީގެ ޓިކެޓުގައި ވާދަކުރެއްވި ނާޒިމް މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވަނީ މާފަންނު އުތުރު ދާއިރާއަށެވެ.
ނާޒިމް މިހާރު ވަނީ އޭނާގެ ކެމްޕެއިން ވެސް ފައްޓަވާފައެވެ.
