މާލެ ސިޓީގެ މޭޔަރު ހޮވަން މިދިޔަ މަހު ބޭއްވި އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވުމުން، ”ޑިމޮކްރަސީ“ ރުޅިއައިސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު(ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޮންޑޭ މިހެން ވިދާޅުވީ ގޯތިތަކާއި ފްލެޓްތައް ދޫކުރުން ލަސްވެއްޖެ ކަމަށް ވިދާޅުވެ، ދެއްކެވި ވާހަކައިގައެވެ.
”ރައްޔިތުމީހާ ވޯޓުލާން ދާ މަރުކަޒުގައި، ރައްޔިތު މީހާއާ އިޙްތިރާމާއިއެކުގައި ވާހަކަ ދައްކަން ޖެހޭނެ.“ އޭނާ ވިދާޅުވިއެވެ.
ަބޮންޑޭ އިތުރަށް ވިދާޅުވީ ފްލެޓާއި ގޯތި ވެސް މިހާރުން މިހާރަށް ދޭން ޖެހޭނެ ކަމަށާއި، މި ސަރުކާރު ގެނައުމަށް އޭނާ ވެސް ވޯޓުލާފައިވާ ކަމަށެވެ. އެހެންކަމުން ކަންކަން ރަނގަޅަށް ނުދަންޏާ، އަނެއްކާ ވެސް ނުކުމެ ”ބާލާނަން“ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މާލޭގެ މޭޔަރު ހޮވަން ބޭއްވި އިންތިޚާބުގައި މާލޭގެ ގިނަ ބަޔަކު ވޯޓުލާން ނުނުކުތީ، ޑިމޮކްރަސީ ”ނިދާފައި“ އޮތުމުން ކަމަށެވެ.
ޭ
