ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެއަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފިއެވެ.

މުލިއާގެއަށް ރައީސްގެ ދެމަފިރިކަނބަލުން ދިރިއުޅުއްވުން ބަދަލުކުރެއްވުމުގެ ކުރިން ވަނީ އެ ގެކޮޅުގައި ކުރަން ޖެހުނު މަރާމާތުތަކެއް ކޮށްފައިވެއެވެ.

،އެ ދެމަފިރިކަނބަލުން މިހާތަނަށް ދިރިއުޅުއްވީ ރައީސްގެ އަމިއްލަފުޅު ގެކޮޅުކަމަށްވާ މ.ދިމްޔާތުގައެވެ.

މުލިއާގެ މަރާމާތު ކުރީ އެ ގެކޮޅަކީ  ދުވަސްވީ ބިނާއަކަށްވާތީ އިމާރާތް ބާވުމުން ކުރަންޖެހިފައި ހުރި މަރާމާތުތަކެއް ހުރުމުންނެވެ.

މުލިއާގޭގެ މަރާމާތުގެ މަސައްކަތްކުރީ އެތަނުގެ އަސްލަށް އެއްވެސް ބަދަލެއް ނާންނަ ގޮތަށް ތަނުގެ އަސްލު ދެމެހެއްޓުމަށް ކަމުގައިވެސް ސަރުކާރުން ބުންޏެވެ.

މުލިއާގެއަކީ މީގެ ޤަރުނެއްހައި ދުވަސްކުރިން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުންގެ ވެރިކަމުގައި ބިނާކުރި ގެކޮޅެކެވެ. އެގެކޮޅަކީ ރައީސް އަލްއުސްތާޛު މައުމޫން