Advertisement
ގުރައިދޫ މަރުކަޒުން 29 ފަރާތެއް ޢާއިލާއާ ޙަވާލު ކުރަނީ
09 ފެބްރުއަރީ 2024
ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން 29 ފަރާތެއް ޢާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޢާއިލާއާއި ބެހޭ މިނިސްޓްރީގެ ފޭސްބުކް ލައިވެއްގައި އާންމުންނަށް މިނިސްޓަރު ޑރ.ޢައިޝަތު ޝިހާމްއާއި ސުވާލުކުރެވޭ ގޮތަށް ވަނީ ޕްރޮގްރާމެއް ކުރިޔަށްގެންގޮސްފައެވެ.
އެ ޕްރޮގްރާމުގައި ބައިވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މީގެކުރިން އެގޮތަށް މަރުކަޒުގައި ތިބޭ މީހުންނާ ޢާއިލާއިން ހަވާލުނުވާ މައްސަލަ ވަރަށް ބޮޑެވެ. ނަމަވެސް މިހާރަކަށް އައިސް މިފަދަ މައްސަލަތައް މަދުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

”މިހާރު އަޅުގަނޑު ހިތުން ގާތްގަނޑަކަށް ނަވާވީސް މީހަކު ތައްޔާރުވެފަ އެބަތިބި އަނބުރާ ޢާއިލާތަކަށް ގެންދަން،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިތުރަށް އުމުރުން ދުވަސްވީ މީހުންނަށް ޢާއިލާގެ ލޯތްބާއި އަޅާލުން ވަރަށް ބޭނުން ކަމަށެވެ.

Ads by Asuru

އެފަދަ މާހައުލެއްގައި ޢާއިލާއެކީ އުޅުމުގެ މަގު ފަހިކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށާއި، އެކި ސަބަބުތަކަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގުރައިދޫ މަރުކަޒުގައި އެކި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

Ads by ooredoo maldives