އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ފެތުރޭކަން ފާހަގަކުރެވިފައިވާ މަންކީ ޕޮކްސް ޖެހިގެން ވިލާތުގެ ގައުމެއް ކަމަށްވާ ސްޕެއިންގެ މީހަކު މަރުވެއްޖެއެވެ.

Ads by Asuru

މިއީ ޔޫރަޕްގެ ގައުމަކުން މިބަލީގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ. ބަލީގައި މަރުވި ފިރިހެން މީހާ މަރުވެފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

ޑަބްލިޔުއެޗްއޯއިން މިމަހުގެ 22 ވަނަ ދުވަހު ރިޕޯޓް ކުރި ގޮތުގައި، މަންކީ ޕޮކްސް ޖެހިގެން މިހާތަނަށް މަރުވި ފަސް މީހުންވެސް މަރުވެފައިވަނީ އެފްރިކާ ބައްރުންނެވެ.

ހޮނިހިރު ދުވަހު ޑަބްލިޔުއެޗްއޯއިން ވަނީ މަންކީ ޕޮކްސް އަކީ ”ގްލޯބަލް ހެލްތު އިމަޖެންސީ“އެއް ކަމަށް ކަނޑަައަޅާފައެވެ.

ސްޕެއިންގެ ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް އެގައުމުން 4،298 މީހަކަށް މަންކީ ޕޮކްސް ޖެހިފައިވާ ކަމަށެވެ.