ފ.އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމަށް، ވެރިކަން ކުރާ ކޮންގްރެސް ާޕާޓީއަށް ނިސްބަތްވާ ހައްވާ ޢަބްދުލް ޢަޒީޒް ހޮވިއްޖެއެވެ.

މިއީ ލާމަރުކަޒީ ތާރީޚުގައި ކަނބަލަކު އަތޮޅު ކައުންސިލެއްގެ ރައީސްގެ މަޤާމަށް އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

މިއަދުގެ އިންތިޚާބުގައި، ހައްވައާއި ވާދަކޮށްފައިވަނީ އެމްޑީޕީ ކެންޑިޑޭޓެކެވެ.

މި ބައި-އިލެކްޝަންގައި ހައްވައަށް 941 ވޯޓް ލިބިފައިވާއިރު, އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 887 ވޯޓެވެ.

މި ބައި-އިލެކްޝަންގައި 5574 މީހަކަށް ވޯޓުލެވެއެވެ.

ފ އަތޮޅު ކައުންސިލްގެ އިތުރުން މިއަދު ވަނީ ވ ފެލިދޫ ކައުންސިލްގެ ރައީސާއި, ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓުލުން ވެސް ކުރިޔަށް ގޮސްފައެވެ.

ފެލިދޫގެ ރައީސްކަމަށް ހޮވިފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ވިޝާމެވެ. އެއީ އަމިއްލަ ކެންޑިޑޭޓަކާ ވާދަކޮށެވެ. ރަސްގެތީމު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ނެގީ ކޮންގްރެސް ޕާޓީއާ ވާދަކޮށް އެމްޑީޕީންނެވެ.