އިންޑިއާގެ މަޝްހޫރު ނޫހަކުން، އެ ޤައުމުގެ ލަކްޝަދީބު ކަމަށް ބުނެ، ރާއްޖޭގެ ފޮޓޯއެއް ޝާއިޢު ކޮށްފިއެވެ.

Ads by Asuru

އެ ނޫހުގައި ރާއްޖޭގެ އަންގްސާނާ ވެލާވަރު ރިސޯޓުގެ ފޮޓޯއެއް ހިއްސާކޮށް ޝާއިޢު ކުރި ލިޔުމުގައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ލަކްޝަދީބުގެ ބަންގަރަމް އައިލެންޑަށް ކުރެއްވި ދަތުރުފުޅާއިއެކުގައި، ލަކްޝަދީބަކީ ފަތުރުވެރިކަމުގެ ”ހޮޓްސްޕޮޓް“ އަކަށް ވެފައިވާ ކަމަށެވެ.

އިންޑިއާގެ ހިންދުސްތާން ޓައިމްގައި ޝާއިޢު ކުރި ލިޔުމެއްގައި، ރާއްޖޭގެ ތަސްވީރު ބޭނުންކޮށްފައި

ަ

ހިންދުސްތާން ޓައިމްސް އިން ބުނީ، ބަންގާރަމް އައިލެންޑްގެ އިތުރުން ތިންނަކަރަ އައިލެންޑަށް ވެސް، މޯދީގެ ދަތުރުގެ ސަބަބުން ސަމާލުކަން ލިބިގެންދިޔަ ކަމަށެވެ.

މޯދީ ލަކްޝަދީބަށް ވަޑައިގެން މީސްމީޑިއާއަށް ދޫކޮށްލެއްވި ފޮޓޯއާއި ވީޑިއޯތަކަށް ރާއްޖޭގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ކޮމެންޓް ކުރެއްވުމުން، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން، އިންޑިއާގައި މީސްމީޑިއާގައި ހަރަކާތްތެރި ބައެއް މީހުން ގޮވާލަމުން ދިޔަ ކަމަށް ވެސް އެ ނޫހުގެ ލިޔުމުގައިވެއެވެ.

ހިންދުސްތާން ޓައިމްސްއިން ލަކްޝަދީބު ޕްރޮމޯޓު ކުރަން ރާއްޖޭގެ ތަސްވީރު ބޭނުންކުރިއިރު، އެ ޤައުމުގެ ބައެއް ވަޒީރުންނާއި، ބޮލީވުޑްގެ އެކްޓަރުން ވެސް ލަކްޝަދީބު އިޝްތިހާރު ކުރުމަށް ހިންގި ކެމްޕެއިނުގައި ރާއްޖޭގެ ތަސްވީރުތައް ބޭނުން ކުރިއެވެ.

އިންޑިއާގެ ބައެއް އެކްޓިވިސްޓުން ރާއްޖެއާއި ލަކްޝަދީބުގެ ފަތުރުވެރިކަން އަޅާކިޔަމުން ދިޔަ ނަމަވެސް، ލަކްޝަދީބުގެ މަދު ރަށްތަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދިގު 50 އަހަރުގެ ތަޖުރިބާއާއި އެއްހަމަ ނުކުރެވޭނެ ކަމަށާއި، ރާއްޖެއަކީ މި ދާއިރާގައި އަތުނުވާނެ ބްރޭންޑެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.