މިއަދަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ދުވަސްކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިޞަލް ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސިނާއަތުގެ މައި ދާއިރާކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ހިއްސާކުރައްވާފައެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ މިއަދު ދިވެހިރާއްޖެއަށް 10،213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށާއި، މިކަމާއިއެކު ރިކޯޑެއް ޤާއިމުވެފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ މިހާތަނަށް އެއް ދުވަހެއްގެ މަތިން ރާއްްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ދުވަސްކަމަށެވެ.

އަދި އެ ލަނޑުދަނޑި ހާސިލުވުމުގެ ޝުކުރު މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ބައިވެރިވެވަޑައިގެންނެވި އެންމެ ފަރާތްތަކަށް އަރިސް ކުރައްވާކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރިކޯޑެއް މުގުރިފައިވާކަން މިނިސްޓަރު ހާމަކުރެއްވިއިރު، ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ފަށާފައެވެ.