ޒަމާނީ ފެންވަރަށް ހއ. އިހަވަންދޫގެ މަގުތައް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު އާއި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބާއި ކައުންސިލްގެ އިސް ބޭފުޅުންނެވެ.
ޒަމާނީ ފެންވަރަށް ހއ. އިހަވަންދޫގައި ތަރައްޤީކުރާ މަގުތަކުގެ އަމަލީ މަސައްކަތް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އާއި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް އަދި ކައުންސިލްގެ އިސް ބޭފުޅުން ފައްޓަވައިދެއްވުން.… pic.twitter.com/e8Ncjl4rBB
— Road Development Corporation Ltd (@rdcmaldives) February 12, 2024
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާރްޑީސީއާ ޙަވާލު ކުރީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ.
އެ މަޝްރޫޢުގެ ދަށުން އިހަވަންދޫގެ 6.9 ކިލޯމީޓަރު މަގުގައި ތާރުއަޅައި، މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއެކު މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.
މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 102.8 މިލިއަން ރުފިޔާއަށެވެ.
އިހަވަންދޫއަކީ ވެރިކަންކުރާ ދިއްދޫ ފިޔަވައި މުޅި އަތޮޅުގައިވެސް އާބާދީގެ ގޮތުން އެންމެ ބޮޑު ރަށެވެ.