މި އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިޤްތިޞާދު 5.5 އިންސައްތަ ކުރިއަރާނެ ކަމަށް އިކޮނިމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ވެސް، ފަސް އަހަރު، އިކޮނޮމިކް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ސަޢީދު މިހެން ވިދާޅުވީ ދިވެހި ރުފިޔާ އެކައުންޓުތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ޑެބިޓު އަދި ކުރެޑިޓު ކާޑުތައް ބޭނުންކޮށްގެން ޑޮލަރުގެ މުޢާމަލާތްތައް ކުރެވޭ މިންވަރު ހަނިކުރުމަށް ނިންމާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތަކާ ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައިވަނީ ޑޮލަރު ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން، ކާޑުތަކުގެ ލިމިޓު މުރާޖައާކުރުމުގެ މަސައްކަތް ބޭންކުންކުރި ނަމަވެސް ލިމިޓު އިތުރަށް ކުޑަކުރުމަށް ނިންމާފައިނުވާ ކަމަށެވެ.
ޤައުމުގެ އިޤްތިޞާދީ އަދި މާލީ ޙާލަތަަށް ބަލައި، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ސަޢީދު ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީގެ ވެރިކަމުގައި ރާއްޖެ ވައްޓާލާފައި އޮތް ބޮޑު އިޤްތިޞާދީ އަނދަވަޅުން ދައުލަތް ނަގައި، ދައުލަތުގެ ދަރަންޏާއި ނުދައްކައިހުރި ބިލުތައް ސަރުކާރުން ދައްކަމުންދާ ކަމަށެވެ.
ސަޢީދު މިހެން ވިދާޅުވެފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް) އިން ލަފާކޮށްފައިވަނީ ފާއިތުވި އަހަރަށްވުރެ ބޮޑަށް މި އަހަރު ރާއްޖޭގެ އިޤުތިޞާދު ކުރިއަރާނެ ކަމަށެވެ.
