ލ. ފޮނަދޫގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހިންގި ފެޝަން ޑިޒައިން އެންޑް ޓެއިލަރިން ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފިއެވެ.
ޖުމްލަ 30 ފަރާތެއް މި ޕްރޮގުރާމުގައި ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ ޖުމްލަ 27 ބައިވެރިންނެވެ.

ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ޢަލީ އާމިރުއެވެ.
މި ޕްރޮގުރާމަކީ 15 ހަފްތާގެ މުއްދަތަށް ކުރިއަށްދިޔަ ޕްރޮގުރާމެކެވެ. ޖޫން 2023ގައި ފެށި މި ޕްރޮގްރާމު ނިންމާލާފައި ވަނީ ނުވެންބަރު 2023ގައެވެ.

މި ޕްރޮގުރާމަކީ ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ހިންގި ޕްރޮގުރާމެކެވެ.
ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.
