މާލެއިން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ އަމިއްލަށް ގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ މާލެ، މ. އެނބޫމާގެއާގެ ހަދީޖާ ޔަލްވީ (14އ)އެވެ. އޭނާގެ ޙާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާ ގެއަށް ގޮސްފައިވަނީ މިރޭ 10:01 އެހާކަންހާއިރު ކަމަށެވެ.

”ކުއްޖާގެ ހާލު ރަނގަޅު“ ފުލުހުން ބުންޏެވެ.

ދޭތެރެ ދޭތެރެއިން، ޒުވާން އުމުރުގެ ކުދިން ގެއްލުމުގެ މިފަދަ މައްސަލަތައް ދިމާވެއެވެ.