ސްޓޭޓް އިލެކްޓިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އެހީތެރިކަމާ އެކު ރ.ދުވާފަރުގެ ކަރަންޓުގެ މައްސަލަ ޙައްލު ކޮށްފިއެވެ.

Ads by Asuru

އެ މައްސަލަ ޙައްލު ކުރީ 22 ގަޑިއިރު ފަހުންނެވެ.

ގާތްގަނޑަކަށް 5000 މީހުންގެ އާބާދީއެއް އޮންނަ ދުވަފަރުން 300 އަށް ވުރެ ގިނަ ގެއިން އިއްޔެ ހެނދުނުން ފެށިގެން ކަރަންޓު ކެނޑުނު އިރު، އެރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ އެމްޑަބްލިއުއެސްސީންނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ޙަސަން މިއަދު އެސްކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ކުންފުނީގެ އިންޖީނިއަރިން ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ދުވާފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކޮށްދީފިވާ ކަމަށެވެ.

”ސްޓެލްކޯގެ އިންޖިނިއަރިން ޓީމުގެ އެހީތެރިކަން ދުވާފަރަށް ފޯރުކޮށްދިނީ، ރައްޔިތުންނަށް އެ ކުންފުނީގެ ބޭނުން ޖެހޭ އެފަދަ ކޮންމެ ދަނޑިވަޅަކީ ވެސް ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރާތީ،“ ފަހުމީ ވިދާޅުވިއެވެ.