ފުލުހުންގެ ތަރުޖަމާނު ނުވަތަ ސްޕޯކްސްޕާސަން މަޤާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ހަމަޖައްސައިފިއެވެ.

އެ މަޤާމަށް ހަމަޖެއްސެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިވަގުތު ހުންނެވީ އޮފީސް އޮފް ދަ ކޮމިޝަނަރގެ ހެޑްގެ މަޤާމުގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސްޕޯކްސްޕާސަންގެ މަގާމަށް ޝިފާން ހަމަޖައްސަވާފައި ވަނީ އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަޤާމުގެ މަސްއޫލިއްޔަތުގެ އިތުރުންކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާޝިފާން ވަނީ މީގެކުރިންވެސް ފުލުހުންގެ ސްޕޯކްސްޕާސަންގެ މަޤާމު އަދާކުރައްވާފައެވެ.