ރައީސް ޔާމީން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުން ނިންމުމުން، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނަށް ވިދާޅުވެއްޖެއެވެ.

Ads by Asuru

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީނަށް ހިތުގެ ފުންމިނުން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދޭން ނިންމި ނިންމުން ގަބޫލު ކުރެއްވީތީ އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދިނުމުން، ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ދަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވަމުންނެވެ.

ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އޭރުގެ އިދިކޮޅު އިއްތިހާދާ ވާދަކުރައްވައި، 96،000އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވެ.