ކ.މާފުށީގައި މޫދަށް އެރި އުޅުނު މީހަކު މަރުއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މާފުށި އެކްޓިވް ވޯޓާ ސްޕޯޓްސްއާ ދިމާލުން ނެރު ކައިރިން މީހަކު ގެނބިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ މީހާއަށް މާފުށީ ހެލްތް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ފަހުން ބުނީ، މި ހާދިސާގައި މަރުވީ، އުމުރުން 30 އަހަރުގެ، ޗައިނާއަށް ނިސްބަތްވާ، އަންހެން ފަތުރުވެރިއެއް ކަމަށެވެ.