ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހިރާއްޖެއާއި ބްރޫނާއީއާ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ އަޚުވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި، މި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ރަސްގެފާނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ބްރޫނާއީ ދާރުއްސަލާމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
