އެއާރ އެމްބިއުލާންސްގެ ހިދުމަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު އެ ޚިދުމަތުގައި ބޭނުންކުރާނެ މަތިންދާބޯޓުގެ ފޮޓޯއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އާއްމުކުރައްވައިފިއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ”ހަފްތާ14″ގައި ހިމަނާފައިވާ ވައުދުފުޅެކެވެ.
މާދަމާ އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، އެއާ އެމްބިޔުލާންސްގެ އެހީގައި ރާއްޖޭގެ އަތޮޅުތަކުން މާލެއަށް ބަލިމީހުން އުފުލުގެ އިތުރުން، ރާއްޖެއިން ބޭރަށްވެސް ބަލިމީހުން އުފުލަމުން ދާނެއެވެ.
ރާއްޖޭގެ ގައުމީ ކުލަތައް ކަމުގައިވާ ރަތް ފެހި އަދި ހުދު ހިމެނޭ ދިވެހިވަންތަ ޑިޒައިނަކަށް ޑިޒައިންކޮށްފައިވާ މި އުޅަނދު ދައްކާލާފައިވާއިރު މާދަމާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ އެމްބިއުލާންސްގެ ހިދުމަތް ފަށާ ދުވަހެވެ.
— Dr Mohamed Muizzu (@MMuizzu) February 29, 2024
ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ރައީސްވަނީ މިދިޔަ އަހަރުގެ ޑިސެންބަރުގައި ވަޒީރުންގެ މަޖިލީހުގެ ލަފައާއިއެކު ނިންމަވާފައެވެ. އެގޮތުން މޯލްޑިވިއަންއާ ގުޅިގެން މިކަމަށް ހާއްސަ ދެ އެއަރ އެމްބިއުލަންސް ބޭނުންކުރުމަށާއި މި މަޝްރޫއު ކުރިޔަށްގެންދާނީ މިހާރުވެސް މިނިސްޓްރީ އޮފް ހެލްތުގައި އެމަރޖެންސީ އެމްބިއުލަންސްގެ ހިދުމަތްދޭ މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސްގެ ހިދުމަތެއްގެ ގޮތުގައި ކަމަށް ސަރުކާރުން މީގެކުރިންވަނީ ބުނެފައެވެ.
