މި މަހުގެ ފުރަތަމަ ދުވަހުގައި ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތުގެ ސަބަބުން، މަސްވެރިންނަށް އަވަސް ފަރުވާ ދިނުމުގައި އިތުރު ލުއި ފަސޭހަތައް ވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ޓްވިޓަރ ހޭންޑްލް އިން ބުނީ އެއަރ އެމްބިއުލާންސަކީ މަސްވެރިންނަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ވެސް އަވަސް ފަރުވާދިނުމުގައި އިތުރު ލުއި ފަސޭހަތައް ލިބިގެން ދާނެ ބޭނުންތެރި ހިދުމަތެއް ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާގެ މި އިސްނެންގެވުމަކީ މުޅި ރާއްޖެއަށް އޭގެ މަންފާކުރާނެ ހިދުމަތެކެވެ.“ ޕޯސްޓުގައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ރައްޔިތުންނާ ގާތުން މިފަދަ ހިދުމަތެއް ފޯރުކޮށް ދެއްވުމަކީ ތަރައްގީއަށް ކޮށޭ އިތުރު މަގެއް ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު އެކީ ބަދަލުކޮށްފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލިމީހާ އަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ.
އެއީ 2016 ވަނަ އަހަރު ރާއްޖެ އެތެރެކޮށްފައިވާ ޑޭޝް8 މަރުކާގެ ބޯޓެކެވެ.
