ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރަމަޟާން މަހުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ހިޖުރައިން 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމާއިއެކު، ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވާފައިވާ ކަމަށެވެ.

“މި މުނާސަބަތުގައި ‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޤައުމުތަކުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.” ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ‏‏‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ފެށުނު ރަމަޟާން މަހަކީ ގައުމުތަކަށް އުފާ ފާގަތި، އަމާން، ސުލްޙަވެރި މަހަކަށްވުމަށް އެދިވަޑައިގެން ފައިވާ ކަމަށެވެ.