ބޭނުންވާ ތަކެތި:
125ގ ބަޓާރ
50ގ ހަކުރު
195ގ ފުއް
2/1 2 ސައިސަމުސާ ބޭކިންގ ޕައުޑަރ
150ގ މައިލޯ ނުވަތަ 1 4/1 ޖޯޑު މައިލޯ
1-2 ސައިސަމުސާ ކޮކޯ ޕައުޑާރ
3 ބިސް
120މލ މިލްކް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ މިކްސްޗަރުގައި ބަޓާރުކޮޅާއި ހަކުރު ރަނގަޅަށް އެއްކޮށްލައި، ފަހަރަކު ބިހެއް އަޅާ އެއްކޮށްލާށެވެ. ދެން ފުއް، ބޭކިންގ ޕައުޑާރ އަދި މައިލޯ ކޮޅު މަދު މަދުން އަޅަމުން ސްޕީޑް މަޑުކޮށް މިސްޗަރުން ގިރާ ރަނގަޅަށް އެއްކޮށްލުމަށްފަހު މިލްކް އަޅާ ގިރާލާށެވެ. އެއަށްފަހު އަވަނަށްލާ 40-45 މިނެޓްވަންދެން ފިހެލާށެވެ. ފިހެވުމުން އަވަނުން ނަގާ 10 ވަރަކަށް މިނެޓް ވަންދެން ހިހޫ ކޮށްލަން ބެހެއްޓުމަށްފަހު ފުރިޖަށްލާ ފިނިކޮށްލުމުން މި ހުރީ މައިލޯ ކޭކް ތައްޔާރުވެފައެވެ.