ވެރިރަށް މާލޭގެ މަގުތަކުން އިއްޔެ އެކަނި ވެސް 39.5 ޓަނުގެ ކުނި ނަގައިފިއެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސިޓީގެ ހީވާގި، މުރާލި މުވައްޒަފުން އިއްޔެ އެކަނި ވެސް 39.5 ޓަނުގެ ކުނި ނެގި ކަމަށެވެ.
”މިދިޔަ 19 ދުވަސްތެރޭ 345.15 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު. މިއީ 25 ފޫޓުގެ 13.80 ކޮނޓޭނަރުގެ ކުނި.“ އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް ގޮވާލައްވާފައެވެ.
ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
14 މާރޗް 2024ވީ ބުރާސްފަތިދުވަހު 39.5 ޓަނުގެ ކުނި @MaleCitymv ގެ ހީވާގި މުރާލި މުވައްޒަފުން ނެގި. މިދިޔަ 19 ދުވަސްތެރޭ 345.15 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު. މިއީ 25 ފޫޓުގެ 13.80 ކޮނޓޭނަރުގެ ކުނި.
އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް… pic.twitter.com/HzNZBjhekt
— Adam Azim (@adamazim) March 15, 2024
މާލޭގެ މަގުތަކަށް ކުނި ގިނަ ކޮށްފައި ވަނީ، މި އަހަރުގެ ރަމަޟާންމަހަށް ގެތައް ސާފު ކުރުމަށް ނެރުނު ކުނިންނެވެ. މިގޮތަށް އަމަލު ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއްކަން ފާހަގަކޮށް، އެގޮތަށް ކަންތައް ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވެސް އިލްތިމާސް ކުރިއެވެ.
