ސެން ޓީޗަރުންނަށް ހާއްސަ އެލަވަންސެއް ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ’ރައީސްގެ ޖަވާބު‘ ސިލްސިލާ ޕްރޮގުރާމުގެ މިއަދުގެ ސެގްމެންޓުގައި މ.މުލަކު ސުކޫލުގެ ސެން ޓީޗަރެއްގެ ގޮތުގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އައިޝަތު ޝައުފާވަނީ ސެން ޓީޗަރުން ހޯދުމަށް ސުކޫލުތަކުން އިއުލާނުކޮށްގެންވެސް އެފަދަ ޓީޗަރުން ނުލިބޭކަން ފާހަގަކޮށްފައެވެ. އަދި ކުރިން ސެން ޓީޗަރުންނަށް ރިސްކް އެލަވެންސްގެ ގޮތުގައި ލިބުނު ފައިސާ އަލުން ލިބޭނެ ގޮތް ހެއްދެވިދާނެތޯ އޭނާ ވަނީ ރައީސް އާއި ސުވާލުކޮށްފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެ ޕްރޮގުރާމުގެ އިތުރަށްވެސް މިހާރުން މިހާރަަށް ޓީޗަރުން އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ބަލައި އެކަންކަން ސަރުކާރުން ކުރާނެކަމުގައި ވެސް ވިދާޅުވިއެވެ.
ސެން ޓީޗަރުންނަށް ދެމުން އައި ރިސްކު އެލަވެންސް ލިބުން ހުއްޓުނީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ކުރީ ސަރުކާރުން ގެނައި ބަދަލާ ގުޅިގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނަމަވެސް އެ އެލަވެންސް ނުވަތަ ހާއްސަ ފައިސާގެ އިނާޔަތެއް ސެން ޓީޗަރުންނަށް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސާނެ ކަމަށެވެ.
ހުރިހާ ޓީޗަރުންގެ އެޓެންޑެންސް އެލވެންސް އެވަރަކަށްދޭން ޖހޭކަމަށް ފެނޭ““‘ ޑިޕްލޮމާ ޓީޗަރުންވެސް ބެޗްލާސް ޓީޗަރުންވެސް މާސްޓާރސް ޓީޗަރންވސް ނިކުންނަންޖެހެނީ އެވަގުތެއްގައި ކުރަންޖެހޭ މަސައްކތް މަދެއްނުނ ބެޗްލަސް ޓޗަރުންގެވެސް““‘ އެޓެންޑެނސްއާއެއްވރަށް ވަގުތު ކުޑަކޮށ މަސްކަތވެސް މަދުކުރަނ1 ފެނޭ