ރައީސުލްޖުމްހޫރިއްޔާ ޑރ. މުހއްމަދު މުއިއްޒު ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ފެއްޓެވުމުގެ ގޮތުން މިއަދު މާލެސިޓީގައި ”ދޮރުން ދޮރަށް“ ހިންގެވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމަވައިފިއެވެ.

ރައީސްގެ ކެމްޕޭން ޙަރަކާތް ފެއްޓެވުމުގެ ގޮތުން މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ.

އެ ދާއިރާގެ ބައެއް ގެތަކަށް ރައީސް ވަޑައިގަންނަވާނެއެވެ.

މި ކެމްޕެއިން ހަރަކާތުގައި ރައީސްގެ އަރިހުގައި ހެންވޭރު ހުޅަނގު ދާއިރާއިން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް އަލީ އިބްރާހިމް (ކައްޕި) ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މާލެ ސިޓީގެ ދޮރުންދޮރަށް ހިންގެވުން މިއަދު މެންދުރު ފަހު ހެންވޭރު ހުޅަނގު ދާއިރާއިން ފެށުމަށް ހަމަޖެހިފައިވަނީ 1:45 ގައި ސޯސަންމަގާއި ބޮޑު ރަސްގެފާނު ހިނގުން ގުޅޭ ކަންމަތިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އޭޕްރީލްމަހުގެ 21 ވަނަ ދުވަހުއެވެ.