ސައުދީ އަރަބިއާއިން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފިއެވެ.
މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަދުރު ހަވާލުކުރުމާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކުރައްވައި، ކަދުރުތަކާއި ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ރަމަޟާން މަހާއި ގުޅުވައިގެން ސައުދީން ދޭ މި ކަދުރު އެންމެކުރިން ބަހަމުން ދިޔައީ ރާއްޖޭގެ ކޮންމެ ގޭބިސީއަކަަށެވެ.
ނަމަވެސް މި ފަހަކަށް އައިސް ކަދުރު ބަހަނީ ފަގީރުންގެ ދަފްތަރުގައި ތިބޭ މީހުނަށެވެ.