ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ދިޔަ ސައިކަލެއް އުމުރުން ދުވަސްވީ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

Ads by Asuru

މި ހާދިސާ ހިނގީ ރޭ 9:15 ހާއިރުއެވެ. ހުޅުމާލެ ގާޒީ ސްކޫލު ސަރަހައްދުގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 74 އަހަރުގެ ފިރިހެނެނަކަށެވެ.

އެ މީހާގެ ގައިގައި ބާރުގައި ސްޕީޑްގައި ދުއްވި ސައިކަލުން ޖެހުނީ ތަރާވީސް ނަމާދުގައި ފައިބައިގެން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. އެކްސިޑެންޓުގައި އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއްވެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.