ސަރޖަރީއެއް ހެދުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ތަރާވީހު ނަމާދު އިމާމުވެ ކުރެއްވުން މެދުކަނޑާލައްވައިފިއެވެ.
މިކަން ހާމަ ކުރައްވަވައި، ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ދިމާވެފައިވަނީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ މައްސަލައެއް ކަމަށާއި، ޑޮކްޓަރުންގެ ލަފާގެ މަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީހް ނަމާދުކުރެއްވުން މެދުކަނޑާލައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން އަވަސް ސަރޖަރީއެއް ކުރައްވަން ޖެހިފައިވާތީ، އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންގެ ހެޔޮ ދުއާ އަށް ވަނީ އެދިވަޑައިގެންފައެވެ.
އަދި ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
