މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއަށް ގއ. މާމެންދޫގައި ހަމަލާދިން މައްސަލަ ލަސްނުކޮށް ބެލުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި މިއަދު އެ ރަށަށް ވަޑައިގަތުމުން ނަރީޝްއަށް ވަނީ ބަޔަކު ހަމަލާދީ މާރާމާރީ ހިންގާފައެވެ.
އެ މައްސަލާގައި ފުލުހުން މިހާރުވަނީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ.
އަދި އެކަންކުރި ބަޔަކު ވީ އެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.
