ހދ. ވައިކަރަދޫއަށް ގެންދިޔަ އާ ޖަނަރޭޓަރު އިންސްޓޯލްކޮށް މުޅި ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.

Ads by Asuru

ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެ ރަށަށް ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރު ބަހައްޓައި މުޅި ރަށަށް ކަރަންޓު ދޭން ފެށިފައި ވަނީ މިއަދު ހެނދުނު ކަމަށް ފެނަކައިން ބުނެއެވެ.

އެ ރަށުގެ ކަަަރަންޓު ހިދުމަތް މެދުކެނޑުނީ މިދިޔަ ހޯމަ ދުވަހުއެވެ.

ކަރަންޓު ކެނޑުނީ، އެ ރަށަށް ކަރަންޓު ފޯރުކޮށްދޭ ޖަނަރޭޓަރުތަކުގެ ތެރެއިން ޖަނަރޭޓަރެއް ހަލާކުވުމާއި ގުޅިގެންނެވެ.

ވައިކަރަދޫގެ އިތުރުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާ 5 ރަށެއްގައި އާ ޖަނަރޭޓަރުތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.