އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީގައި، އިސްރަށްވެހިންނާއި ޒުވާނުން އެއްކޮށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

Ads by Asuru

މިއީ އުރީދޫއިން މި ރޯދަމަހު އިފްތިތާހު ކުރި ސީއެސްއާރު ކެމްޕެއިން ”އިސްރަށްވެހިންނާއިއެކު“ގެ ދަށުން ބޭއްވި ފުރަތަމަ ރޯދަ ވީއްލުމެވެ.

އުރީދޫން ބުނިގޮތުގައި، މި ހަރަކާތުގެ މަގްސަދަކީ އިސްރަށްވެހިންނާއި ޒުވާނުން ހިތްހަމަ ޖެހޭ މާހައުލެއްގައި ދިމާވެ، ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

މި ސީރީޒްގެ ދަށުން އަދި ރާއްޖޭގެ އިތުރު ހިސާބުތަކުގައިވެސް ރޯދަ ވީއްލުން ބޭއްވުމަށް ރޭވިފައިވާ ކަމަށް އުރީދޫން ބުނެއެވެ.

އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވަނީ މި ރޯދަ ވީއްލުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މިއީ އުރީދޫ އިން އިސްރަށްވެހިން ކަންކަމުގައި ބައިވެރިކޮށް މުޖުތަމައުގެ އެއްބައިވަންތަކަން ހަރުދަނާ ކުރުމަށް ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

އުރީދޫގެ އަމާޒަކީ މިފަދަ ހަރަކާތްތަށް މެދުވެރިކޮށް މުޖުތަމައުގެ މޭސްތިރިން ކަމަށްވާ އިސްރަށްވެހިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވުން އިތުރުކުރުމެވެ.

އަދި މިހަރަކާތްތައް މެދުވެރިއަކަށްވެ މުޖުތަމައުގައި އެކަކު އަނެކަކަށް ކުރާ އިހްތިރާމު އިތުރުވެ، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް އުފެއްދުމެވެ.