ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ޑޯ ޓު ޑޯ ހަރަކާތުގައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު މައްޗަންގޮޅި އުތުރަށް ޒިޔާރަތް ކުރައްވައިފިއެވެ.

Ads by Asuru

ރައީސްގެ އަރިހުގައި، މައްޗަންގޮޅި އުތުރު ދާއިރާއަށް، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ އިބްރާހީމް މުހައްމަދުގެ އިތުރުން ބައެއް ވަޒީރުންނާއި، ނައިބު ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ަރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ، އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ. މި އިންތިހާބުގެ ކެމްޕެއިނަށް، ރައީސް މުއިއްޒު މާލޭގައި ދޮރުން ދޮރަށް ހިންގަވަން ފެއްޓެވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އެމަނިކުފާނު ވަނީ ހެންވޭރު ހުޅަނގު، ގަލޮޅު ދެކުނު، އަދި މާފަންނު ހުޅަނގު ދާއިރާއަށް ވެސް ޒިޔާރަތް ކުރައްވައި، އެ ދާއިރާތަކުގެ ގެތަކަށް ވެސް ވަޑައިގެންފައެވެ.