މާލޭގެ މިސްކިތެއްގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ގެންގޮސްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި 2 ފަންކާ  ރޭގެ ވަގުތެއްގައި ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

”މައްސަލަ މިހާރު ވަނީ ފުލުހަށް ހުށައެޅިފައި“ ސިޓީ ކައުންސިލުން ބުންޏެވެ.

މި މައްސަލައާއި ގުޅޭގޮތުން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ. މިސްކިތަކުން ދެ ފަންކާއެއް ވަގަށް ނެގިއިރު، މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ގެއްލުންދިން މައްސަލައެއް ވެސް މީގެ ހަ ދުވަސް ކުރިން ފެންމަތިވިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ގެއްލުން ދީފައިވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫ ކުރާ ބައިގެ ފެން އިސްކުރުތަކަށެވެ.

 

 

ި